ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، ބައެއް ހިސާބުތަކަށް އޮރެންޖް އެލާޓް

އަދި، ކުރިއަށް އޮތް ތިން ދުވަސް ކަމަށް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ބޯ ވާރޭގެ ތެރޭގައި މީހަކު ސައިކަލްގެ ލައިޓް ދިއްލައިގެން ދަތުރު ކުރަން މަސައްކަތް ކުރަނީ: ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް

ކުރިއަށް އޮތް ތިން ދުވަހަކީވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސް ތިން ދުވަސް ކަމަށާއި، ހާއްސަކޮށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިރޭ ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މުސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވުއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ.

"މީގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

އަދި، ކުރިއަށް އޮތް ތިން ދުވަސް ކަމަށް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން މިހާރު ވެސް ވަނީ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފަ އެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ އެލާޓް ނެރެފަ އެވެ.

ދެން ހުރި ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

އެހެންކަމުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި، މާލެ އާއި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގެދޮރަށް ވެސް ދަނީ ގެއްލުންވަމުންނެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.