ނޭވީގެ ތިން ކޮމާންޑަރުން މިއަދު ވަނީ ޗީފް އޮފް ޑިފެންސްފޯސް އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާގެ ތިން އުޅަނދެއް ކަމަށްވާ، އައިއެންއެސް ތިރް އާއި އައިއެންއެސް ސުޖާތާ އަދި އައިސީޖީއެސް ސާރަތީ މިއަދު ރާއްޖެ ސަރަހައްދަށް އައުމުން މަރުހަބާ ކިޔާ ކަމަށެވެ.
އިންޑިއާ ނޭވީގެ މި ދަތުރުގެ ތެރޭގައި ތަމްރީނުތަކާ ގުޅޭ ތަފާތު ހަރަކާތްތަކާއި ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ސްކޮޑްރަން ވެސަލްތަކުގެ ކޮމާންޑިން އޮފިސަރުން ކަމަށްވާ ކެޕްޓަން ޓީޖޯ ކޭ ޖޯސެފް އާއި ކޮމާންޑަރު ޖިޝްނޫ މަދަވަން އަދި ކޮމަަންޑަންޓް ކުންދަން ސިންގް މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.