އިސްލާމްއާބާދުގެ ޔުނިވާސިޓީއަކުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

މި ޝަރަފު ރައީސަށް އެރުވާފައި ވަނީ ސިޔާސީ އަދި ހާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން އޮނަރަރީ ޑޮކްޓަރޭޓް އެރުވުން --

ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި އެވެ.

ރައީސް މުއިއްޒަށް މި ޝަރަފު އަރުވާފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ޝަރަފު ރައީސަށް އެރުވާފައި ވަނީ ސިޔާސީ އަދި ހާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. 

އެ ޔުނިވާސިޓީން ބުނެފައި ވަނީ މި ޝަރަފު އެރުވުމުގެ މައިގަނޑު މަގުސަދަކީ އެމަނިކުފާނު ރާއްޖޭގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އިތުރުން އިސްލާމްދީނުގެ ހައްގުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައި ވަނީ މިއަދު ހެނދުނު އެވެ. އަދި މިއަދު އޮތް ރަސްމިއްޔާތެއްގައި، ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.