ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި، ދެގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ދާއިރާތަކާއި އަދި މިހާރު ގުޅުން އޮންނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި، ދެގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ދާއިރާތަކާއި އަދި މިހާރު ގުޅުން އޮންނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.
މީގެ އިތުރުން ވެސް ރާއްޖެއަށް ޕާކިސްތާނުގެ ސިއްހީ ހިދުމަތްތެރިން ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުންތަކާ ގުޅޭ ތަފްސީލުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.