ހަރަދުތައް ބޮޑުވި ނަމަވެސް، ޓެކްސް އާމްދަނީ ރަނގަޅުވުމުގެ ސަބަބުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ %3.0 ކުރިއަރައި 31.566 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

އިމްޕޯޓް ޑިއުޓީ އާއި ޖީޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވެ ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، ސަބްސިޑީ އާއި މުސާރައަށް ކުރަންޖެހުނު ބޮޑު ހޭދައާއެކު ދައުލަތުގެ ޖުމްލަ ހަރަދުތައް 35.9 ބިލިއަން ރުފި ޔާއަށް އުފުލިއްޖެ އެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް " ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ އަށް ވަނަ ދުވަހު ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ފަރަގު ބޮޑުވެ، އޯވަރޯލް ޑެފިސިޓް ވަނީ 4.4 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
ދައުލަތުގެ ޖުމްލަ ޚަރަދު 35.9 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %18.3 ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން 33 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ.
އެހީ އާއި ސަބްސިޑީ - އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މި ދާއިރާއިންނެވެ. އެގޮތުން 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ %43.7 ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް އެކަނި ވެސް 4.2 ބިލިއަން ރުފިޔާ (71.8% އިތުރުވުމެއް) ހޭދަކޮށްފައިވާއިރު، އާސަންދައަށް ވަނީ 1.910 ބިލިއަން ރުފިޔާ (23.6% އިތުރުވުމެއް) ހޭދަކޮށްފަ އެވެ.
މުސާރަ އާއި އުޖޫރަ - ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރި ހޭދަ ވަނީ %14.1 އިތުރުވެ، 5.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ތަރައްގީގެ މަޝްރޫޢުތައް - އުމްރާނީ ތަރައްގީ އާއި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ %16.0 އިތުރުވެ 4.312 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ޚަރަދުތައް މިހާ ބޮޑަށް އުފުލުނު ނަމަވެސް، އުފާވެރި ހަބަރަކީ ދަރަނި އަދާކުރުމާއި އިންޓްރެސްޓަށް ކުރި ޚަރަދު %5.2 ދަށްވެ، 3.8 ބިލިއަން ރުފިޔާއަށް ދަށްވުމެވެ.
ހަރަދުތައް ބޮޑުވި ނަމަވެސް، ޓެކްސް އާމްދަނީ ރަނގަޅުވުމުގެ ސަބަބުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ %3.0 ކުރިއަރައި 31.566 ބިލިއަން ރުފިޔާ އަށް އަރާފައެވެ. އަދި އިމްޕޯޓް ޑިއުޓީ އާއި ޖީޖީއެސްޓީ އިމްޕޯޓް ޑިއުޓީން 2.757 ބިލިއަން ރުފިޔާ ލިބިފައިވާއިރު (18.3% ކުރިއެރުން) ޖީޖީއެސްޓީގެ ގޮތުގައި ވަނީ 4.375 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް %21.3 އިތުރުވެ 5.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.542 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި %1.565 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ %77.0 އިތުރުވެ 515 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.