ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް ރާއްޖެއަށް 107,340 ޓޫރިސްޓުން ވަނީ އައިސްފަ އެވެ މިއީ މިދިޔަ އަހަރު އައި 107,08 ޓޫރިސްޓުންނާ އަޅާބަލާއިރު 0.2 ޕަސެންޓުގެ ކުޑަ އިތުރުވުމެކެވެ.

އެއް ދުވަހެއްގެ ތެރޭ 8,621 ޓޫރިސްޓުން އައިސް ރާއްޖޭގެ ޓޫރިޒަމަށް މިމަހު 0.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި މިމަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް 8,621 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިފަހުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި އެއް ދުވަހެވެ. މީގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ 7،000 މީހުންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް ރާއްޖެއަށް 107,340 ޓޫރިސްޓުން ވަނީ އައިސްފަ އެވެ މިއީ މިދިޔަ އަހަރު އައި 107,08 ޓޫރިސްޓުންނާ އަޅާބަލާއިރު 0.2 ޕަސެންޓުގެ ކުޑަ އިތުރުވުމެކެވެ. މިމަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވިނަމަވެސް މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި އަހަރު 1.71 މިލިއަން މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު 1.76 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 3.2 ޕަސެންޓުގެ ދަށްވުމެކެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 321,724 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އެވެ. އެ ގައުމުން 243,138 ޓޫރިސްޓުން އައިސްފައިވެ އެވެ.