އޭއައިން ފެންނަ އަންހެނެއްގެ ލޯބީގައި ޖެހި، ބްރެޒިލްގެ މީހަކަށް ކެހި ލިބިއްޖެ

އެމީހާ އެ ރަށަށް ގޮސް އޭނާގެ ލޯބިވެރިޔާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ރޭޑިއޯ ސްޓޭޝަނަކަށް ގޮސް އެހުމުން އެއީ ބޮޑު އޮޅުވާލުމެއްކަން އޭނާއަށް އެނގުނެވެ.

ބްރެޒިލްގެ ރާނާ މީހަކު، އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމަށް ހީކޮށް، އޭނާގެ ހުރިހާ މުދަލެއް ވިއްކާލުމަށްފަހު 1200 މޭލުގެ ދަތުރެއް ކޮށްފި އެވެ. ނަމަވެސް އޭނާއަށް ފަހުން އެނގުނު ގޮތުގައި އެއީ އަސްލު މީހެއް ނޫނެވެ. އެއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޚިޔާލީ މީހެކެވެ.

"ޖެސިކާ" ގެ ނަމުން ނަންދީފައިވާ މި އޭއައި ކެރެކްޓަރ ވަނީ ޓިކްޓޮކްގައި 300،000 ފޮލޯވަރުން ހޯދާފައެވެ. އަދި އޭނާގެ ދަނޑަށް ބަދަލުވާ ފިރިހެނަކަށް ދުވަހަކުވެސް މަސައްކަތް ކުރަން ނުޖެހޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެ ވީޑިއޯތައް ޕޯސްޓުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، އެކަނިވެރިކަން އިހުސާސްވަމުންދިޔަ އެ ފިރިހެންމީހާ ވަނީ އޭނާގެ ވަޒީފާ ދޫކޮށްލައި، އައު ދިރިއުޅުމެއް ފެށުމުގެ އުންމީދުގައި ދަތުރުކޮށްފައެވެ.

އެމީހާ އެ ރަށަށް ގޮސް އޭނާގެ ލޯބިވެރިޔާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ރޭޑިއޯ ސްޓޭޝަނަކަށް ގޮސް އެހުމުން އެއީ ބޮޑު އޮޅުވާލުމެއްކަން އޭނާއަށް އެނގުނެވެ. އެއަށްފަހު އެހެން މީހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ އަނބުރާ އޭނާގެ އާއިލާ ގާތަށް ގޮސްފައެވެ.

މިއީ އޭއައި މެދުވެރިކޮށް މީހުންނަށް އޮޅުވާލައިގެން މަންފާ ހޯދަމުންދާ ކަމުގެ އެއް މިސާލެވެ. މިގޮތަށް ޖެނާ އޯޓޭގާ ފަދަ މަޝްހޫރު ތަރިންގެ ނަމުގައި ވެސް ފޭކް އެކައުންޓުތައް ހަދައިގެން މީހުންނަށް އޮޅުވާލަމުންދާކަން މި ހަބަރުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.