ރައީސްގެ ދެކަނބަލުންގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުންގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ އެވެ. ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއްގައި ދެ ލީޑަރުން ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން، ދެ ގައުމުން ވިޔަފާރި އާއި އިންވެސްޓްމެންޓާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ތިމާވެއްޓާއި ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ދާއިރާ އަދި އަސްކަރީ ދާއިރާ އިން އެއްބާރުލުން އިތުރު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ.
އެންމެ ފަހުން ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވީ މީގެ 10 އަހަރު ކުރިންނެވެ. އެއީ 2015 ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ތިން ދުވަހު ރަސްމީ ދަތުރުފުޅެވެ. އޭގެ ކުރިން 2004 އެ ގައުމުގައި އޮތް ސާކް ސަމިޓްގެ ބައްދަލުވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަޑައިގަތެވެ.