މިނިސްޓަރު ސައީދު ވިދާޅުވީ މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށް މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމާއި ބެހޭގޮތުން އެފަރާތްތަކުގެ އެދުމުގެ މަތީން ބައްދަލުވެ ވާނީ މަޝްވަރާ ކޮށްފަ އެވ

މާލެ ސަރަހައްދުގައި ލޮރީގެ ހިދުމަތްދޭ ޑްރައިވަރުންގެ ޝަކުއާއެކު، ޓްރާންސްޕޯަޓް / އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ބައްދަލުކޮށްފި އެވެ.
މިނިސްޓަރު ސައީދު އެކްސްގައި ވިދާޅުވީ މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށް މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމާއި ބެހޭގޮތުން އެފަރާތްތަކުގެ އެދުމުގެ މަތީން ބައްދަލުވެ ވާނީ މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކާއި، ސުކޫލް ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާން ތަނަކަން ހެދުމުގެ މުހިންމުކަމާއި، އެއްގަމު ދަތުރުފަތުރުގައި ޑްރައިވަރުންނަށް ދަތިވާ ކަންތައްތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
"މިބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ހުރިހާ ފަރާތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ސައީދު ވިދާޅުވި އެވެ.