ޓޫރިޒަމަށް ފުޅާކުރަން ރަށްތައް ދޫކުރަން އިތުރު ލުއިތަކެއް

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ހއ.، ހދ.، ށ.، ތ.، ލ. އަދި އައްޑޫ ސިޓީގެ ރަށްތަކާއި ފަޅުތަކަށް އެކަނި ހާއްސަކޮށްގެން ދީފައިވާ ލުއިތަކެކެވެ.

އައްޑޫގެ ރަށްތައް ގުޅާލާ މަގުގެ ކުރެހުމެއް

ޓޫރިޒަމް މަދު އަތޮޅުތަކަށް އިންވެސްޓަރުން ދަމައިގަތުމަށްޓަކައި، "ކްރޮސް ސަބްސިޑީ" ގެ ދަށުން އެ އަތޮޅުތަކުން ރަށާއި ބިން ކުއްޔަށް ދޫކުރާ ލީޒް އެކުއިޒިޝަން ކޮސްޓް ސަރުކާރުން ބޮޑުތަނުން ކުޑަކޮށް، އާ ރޭޓުތަކެއް އިއްޔެ ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ހއ.، ހދ.، ށ.، ތ.، ލ. އަދި އައްޑޫ ސިޓީގެ ރަށްތަކާއި ފަޅުތަކަށް އެކަނި ހާއްސަކޮށްގެން ދީފައިވާ ލުއިތަކެކެވެ. މި ލުއިތައް ޖޫން 29، 2027 ގެ ނިޔަލަށް ދެމިއޮންނާނެ އެވެ.

ކަނޑައެޅިފައިވާ އާ ރޭޓުތައް

  • ހއ.، ހދ.، ށ.، ތ. އަދި އައްޑޫ ސިޓީ:
  • ބޭސް ރޭޓް (ފެށޭ އަގު) - 400,000 އެމެރިކާ ޑޮލަރު
  • ހެކްޓަރަކަށް ޖެހޭ ރޭޓް - 35,000 އެމެރިކާ ޑޮލަރު
  • ލ. އަތޮޅު:
  • ބޭސް ރޭޓް (ފެށޭ އަގު) - 700,000 އެމެރިކާ ޑޮލަރު
  • ހެކްޓަރަކަށް ޖެހޭ ރޭޓް - 60,000 އެމެރިކާ ޑޮލަރު

ސައިޒް ޕްރީމިއަމް އަދި އަގު ހިސާބުކުރާނެ ގޮތް

މި ބަދަލާއެކު 20 ހެކްޓާރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ފީއެއް ނުނަގާނެ އެވެ. ނަމަވެސް 41 ހެކްޓަރަށް ވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ނަގާނެ އެވެ.

ސަރުކާރުން ރަށްތަކުގެ އެކުއެޒިޝަން ކޮސްޓު ކުޑަ ކުއިރު، ރާއްޖޭގައި 160 ރަށް ނުހެދި އެބައޮތެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.