ރައީސް ޑރ، މުއިއްޒު ޕާކިސްތާނަށް، ރައީސް ނަޝީދުގެ ހިތްހަމަ ނުޖެހުން

ރައީސް ނަޝީދު ފާޑު ވިދާޅުވއިރު މީގެ ކުރިން ރައީސް ޑރ. މުއިއްޒު ވަނީ އިންޑއާއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ރައީސް ނަޝީދު ކޮންގްރެސްއަށް ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒު މަރުހަބާ ވިދާޅުވަނީ -- ޕީއެންސީ

ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން އިންޑިއާއިން އެހީވި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށް ރައީސް މުއިއްޒު މާދަމާ އެ ގައުމަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހު ވެސް ރާއްޖެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާ އިން ނަގާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދައްކަންޖެހޭ މުއްދަތު ދިނުމުންނެވެ. އެހެން އޮއްވައި ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާތީ އެކަމާ ނަޝީދު ސުވާލު އުފެއްދެވި އެވެ.

"މި މަހު ރާއްޖެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު ކޮށްދިނުމުން. ދެން ރައީސް އެ ވަޑައިގެންނެވީ ޕާކިސްތާނަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ. 

ރައީސް ނަޝީދު ފާޑު ވިދާޅުވއިރު މީގެ ކުރިން ރައީސް ޑރ. މުއިއްޒު ވަނީ އިންޑއާއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި ކުރިން ރައީސް ނަޝީދު ވަނީ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނިވެސް ނުދެއްކޭނެ ކަމަށާ، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު އެ ދަރަނި އަދާކޮށް ރާއްޖޭގެ ރޭޓިން ޕޮޒިޓިވް އައުޓްލުކް އަކަށް ބަދަލު ކުރަން އެހީތެރިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.