ފުލުހުން ބުނީ އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު، 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިމަހުގެ 16 ވަނަ ދުވަހު ފުލުހުން މާފުށީގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ސަމޭދާން، ނަބީހު އަބްދުއްރަޝީދު (23އ) އެވެ.
ފުލުހުން ބުނީ އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު، 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނަބީހު އަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަށް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.