މިނިސްޓަރު ވިދާޅުވީ މި ލޯނުތައް ދެއްކުމާއެކު ދައުލަތުގެ ފިސްކަލް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކާމިޔާބު ކަމާއެކު ބޮޑު ދަރަނި އަދާކުރުމާއެކު މިހާރުގެ އަމާޒަކީ ދަރަނި ކުޑަކޮށް ސަޕްލިމެންޓަރީ މި އަހަރު ވެސް އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނަޅާ ނިންމާލުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ އާއި ރައީސް އޮފީސް ގުޅިގެން ބާއްވާ "އަހާ ފޯރަމް" ގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ލޯނު ދެއްކުމުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފަ އެވެ. މިގޮތުން މިނިސްޓަރު ވަނީ މިހާތަނަށް ލޯނުތައް އަދާކޮށްފައިވާ އަހަރުތައް ވިދާޅުވެ ދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ލޯނުތައް ދެއްކުމާއެކު ދައުލަތުގެ ފިސްކަލް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
" ދައުލަތުގެ ޑެފިސިޓް އަހަރުން އަހަރަށް ކުޑަ ކުރުމުގެ މި މަަސައްކަތް ކުރަނީ. މިގޮތުން 7 ޕަސެންޓަށް މި އަހަރު ކުޑަކުރުން. އެހެންނަމަވެސް މިޑުލްއީސްޓް ހަނގުރާމައާއެއު ބޭނުންވި ލެވަލްގައި ހިފައްޓަން މި އަހަރު ދަތިވި. ނަމަވެސް ސިންގަލް ޑިޖިޓްގައި ހިފެހެއްޓޭނެ،" ޒަރީރު ވިދާޅުވި އެވެ.
ދައުލަތުގެ ޓެކްސް އިރާދާ މީރާގައި ވެސް ގިނަ މަަސައްކަތް ތަކެއް ކުރެއްވި ޒަރީރު ވިދާޅުވީ މި ސަރުކާރުން ވަނީ މިފަހުން ފުރަތަމަ ފަަހަރަށް ސަޕްލިމެންޓްރީ ބަޖެޓަކަށް ނުގޮސް ހަރަދުކޮށްފަ އެވެ. އަދި މި އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކަށް ނުގޮސް ފާސްކުރާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ހަރަދު މެނޭޖު ކުރަން މަސައްކަތް ކުރަމުން ގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ޒަރީރު ފާހަގަ ކުރެއްވި ގޮތުގައި 2016 ގައި ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ހެދިފަހުން ރޭޓިން ދިޔައީ އަހަރުން އަހަރަށް ދަށްވަމުންނެވެ. ނަމަވެސް މި އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންގެ އަޕްގްރޭޓް މި [މިއަހަރު[ ލިބުނީ. ލިބުނުއިރު މިވަނީ 2021 ގައި ހުރި ވަރަށް ސްޓޭބަލް އައުޓްލުކްއެއް ލިބިފަ. މީގެ ސަބަބުން އިތުރު ފައިނޭންސް ހޯދަން ފަސޭހަވާނެ. މި އަޕްގްރޭޑް ލިބުނުފަހުން ބައްދަލުވި ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކުން ވަރަށް ޕޮޒިޓިވްކޮށް މިކަން ފާހަގަކޮށް، ދައުލަތަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީ ދޭން ވަރަށް ޕޮޒިޓިވްކޮށް ވިސްނާ،" ޒަރީރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރުގެ ގޮތުގައި މި މަގާމު ފުރުއްވަމުން ގެންދަވާ ޒަރީރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ހިންގަން ރާވާފައި ހުރި ކެޕިޓަލް ޕްރޮޖެކްޓް ހިންގަން ފަސޭހަ ވެގެންދާނެ އެވެ.
"މަލްޓިނޭޝަނަލް ކުންފުނިތަކުގެ އިތުރުން ބައިލެޓްރަލް ގައުމުތަކުން ފައިނޭންސް ހޯދަންވެސް ފަސޭހަވާނެ. މޫޑީސްގެ ރޭޓިން އަޕްގްރޭޑް ވުމަކީ ދައުލަތުގެ އިގްތިސޯދު ރަނގަޅު ކުރަން ކުރާ މަސައްކަތައް ލިބުނު ރިކޮގްނިޝަނެއް. މީގެން އެނގެނީ މިދިޔަ ދެ އަހަރު ތެރޭ އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް އިފެކްޓިވްކޮށް، އަޅާފައިވާ ފިޔަވަޅުތަކެއްކަން، މީގެ ތެރެއިން ވިޔަފާރިތަކާއި އިންވެސްޓަރުން އަދި ރައްޔިތުންނަށްވެސް ކޮންފިޑެންސް ލިބިގެން ގޮސްފި. ކުރިއަށް އޮތީ ފަހި ދުވަސްތަކެއްކަން،" ޒަރީރު ވިދާޅުވ އެވެ.