އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިން ލައިސަންސް އެމްއެމްއޭއިން ހިފަހައްޓައިފި އެވެ.

މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިން ލައިސަންސް އެމްއެމްއޭއިން ހިފަހައްޓައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެމްއެސް ފައިނޭންސާ މެދު މި ސްޕަވައިޒަރީ ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށްއިލްތިމާސްކޮށްފައެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.