އެޗްޑީސީއިން ހުޅުމާލޭގެ 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށް ދީފި

އެ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނުން މިހާތަނަށް ވަނީ 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައެވެ. މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީ މުވައްޒަފުން ފްލެޓެއްގައި ރެއިލިން ހަރުކޮށް ދެނީ

އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްދީ ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނީ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ފެށި މަސައްކަތުގެ ތެރެއިން ރެއިލިން ހަރުކުރަން އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފުރުސަތުގައި ޖުމުލަ 1,011 އެޕާޓްމަންޓުން ވަނީ ރެއިލިން ހަރުކުރުމުގައި އެހީތެރިކަމަށް އެދިފަ އެވެ.

އެ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނުން މިހާތަނަށް ވަނީ 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައެވެ. މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސެޕްޓެންބަރު ތިންވަނަ ދުވަހު މި ކޯޕަރޭޝަނުން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.

މި ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މި ކޯޕަރޭޝަނުން ކުރަމުން އަންނަ މި ފަދަ މަސައްކަތްތަކުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.