ފުލުހުން ބުނީ ރަސްދޫގައި ހިންގި މި އޮޕަރޭޝަންގައި 10 ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ރަސްދޫގައި ހިންގި މި އޮޕަރޭޝަންގައި 10 ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ،
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާނާއި، ރިމާޒު މުހައްމަދާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، ދެން ތިބި މީހުން ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.