މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. ނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެފައި ވަނީ ފަތިހު 04:33 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. ނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އަދި މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.