އެލައިޑް މޮޓޯ ކޮންޕްރެހެންސިވް ތަކާފުލް ޕްލޭން ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރަށް ޤާނޫނީ ގޮތުން ނެގުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ ތަކަފުލް" ވެސް ހިމެނޭ ގޮތަށެވެ.

މޫސުން ގޯސްވެ ވިއްސާރަވެ ފެން ބޮޑުވުމަކީ މިހާރު އާންމު ކަމެކެވެ. ގިނަ ފަހަރު ފެން ބޮޑުވުމުން ފުރަތަމަ ގެއްލުންވަނީ މަގުމަތީގައި ބަހައްޓާފައި ހުންނަ އުޅަނދުތަކަށެވެ. ބައެއް ފަހަރު އެއުޅަނދު ދުއްވެނީ ބޮޑު ޚަރަދެއް އަތުން ގޮސްގެންނެވެ. ސުވާލަކީ މި ގެއްލުމުން އަރައިގަނެވޭނެ ގޮތެއް ރާއްޖޭގައި އެބައޮތް ހެއްޔެވެ؟
މި ފަދަ އެންމެ ރަނގަޅު ޕްލޭންއަކީ އެލައިޑުގެ "މޮޓޯ ކޮންޕްރެހެންސިވް ތަކަފުލް ޕްލޭން"އެވެ. މި ޕްލޭންގެ ދަށުން އެކްސިޑެންޓުތަކުގެ އިތުރުން، އުޅަނދު ވަގަށް ނެގުމާއި އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމާއި މޫސުން ގޯސްވެ ގަސްވެއްޓުން ފަދަ ކަންކަމުގެ އިތުރަށް މީހަކު ގަސްތުގައި އުޅަނދަށް ދޭ ގެއްލުންތަކަށް ވެސް ބަދަލު ލިބެއެވެ.
ރާއްޖޭގެ މާހައުލަށް ބަލާއިރު ތޮއްޖެހިފައިވާ މާލޭގައި ކޮންމެ މަހަކު ދެތިން އަލިފާނުގެ ހާދިސާ ހިނގާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ބައެއް ހާދިސާތަކުގައި އުޅަނދު ފަހަރަށް ވެސް ގެއްލުންވެއެވެ. އެހެންވެ މޮޓޯތަކާފުލް ޕްލޭން ނަގައިގެން އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި ދުރާލާ ތައްޔާރު ވެގެން ތިބުން މުހިންމެވެ. ސަބަބަކީ މިފަދަ ހާދިސާއެއް ދުއްވާ ސައިކަލަށް ނުވަތަ ކާރަށް ދިމާވެއްޖެނަމަ އެ ގެއްލުން ވެގެންދާނީ މާލީ ގޮތުން ފޫބައްދަން ދަތިކަމަކަށެވެ. ގިނަ ފަހަރު އުޅަނދު ވެސް ނަގާފައި މި ހުންނަނީ ކޮންމެވެސް އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުންނެވެ. އެ ޕްލޭނަށް ކޮންމެ މަހަކު މުސާރައިން ކަނޑާނެއެވެ. އެހެންވެ މިފަދަ ހާލަތްތަކުގައި ލިބޭ ގެއްލުން ބޮޑު ވެގެންދެ އެވެ.
އެލައިޑް މޮޓޯ ކޮންޕްރެހެންސިވް ތަކާފުލް ޕްލޭން ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރަށް ޤާނޫނީ ގޮތުން ނެގުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ ތަކަފުލް" ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ޤާނޫނު ލާޒިންކުރާ ތާޑްޕާޓީގެ ދަށުން ކަވަރު ކުރަނީ އެކްސިޑެންޓެއް ހިނގައިފިނަމަ، އަނެއް ފަރާތަށް (ތާޑް ޕާޓީއަށް) ނުވަތަ އަނެއް ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން އެކަންޏެވެ. ނަމަވެސް އެލައިޑް "މޮޓޯ ކޮންޕްރެހެންސިވް ތަކަފުލް" ނެގުމުން މި ކަވަރޭޖު ފުޅާ ވެގެންދެއެވެ. މިއީ ލިބިގެންދާ ބޮޑު ހިތްހަމަ ޖެހުމެކެވެ.
މި ޕްލޭންތައް އެލައިޑްގެ އޮންލައިން ޕޯޓަލް myallied.mv އަދި އެލައިޑް މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން އޮންލައިންކޮށް ނެގޭނެއެވެ. އަދި އައުކުރުން (ރިނިއު ކުރުން) ވެސް އޮންލައިންކޮށް ކުރެވޭނެއެވެ. އަދި ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެލައިޑްގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވައިގެން ނުވަތަ claims@allied.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ މައި-އެލައިޑް ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. އަދި އެކްސިޑެންޓް ނުވަތަ ވައްކަން ނުވަތަ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ފުލުހުންނަށް ރިޕޯޓުކޮށް، ޕޮލިސް ރިޕޯޓެއް ހޯދަން ޖެހޭނެއެވެ. އަދި އުޅަނދު މަރާމާތުކުރަން ވާނީ އެލައިޑްގެ ހުއްދަ ލިބުމަށްފަހުގައެވެ. މި ޕްލޭންތަކުގެ ފުރިހަމަ މަޢުލޫމާތު އެލައިޑްގެ ހިލޭ ގުޅޭ ނަންބަރު 1600 އިން ސާފުވާނެއެވެ