ޓޫރިސްޓުން އައިސްފައިވާ 10 ގައުމުގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތީ ޗައިނާ އާއި ރަޝިއާ އެވެ. ނަމަވެސް މި ދެ ގައުމަށްވުރެވެސް ގިނައިން ޓޫރިސްޓުން އަންނަ އަދަދު އިތުރު ވަނީ އޮސްޓްޜޭލިއާއިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެންމެ ހަލުވިކަމާއެކު ޓޫރިސްޓުން އަންނަނީ އޮސްޓޭލިއާ އިން ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ 10 ގައުމުގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތީ ޗައިނާ އާއި ރަޝިއާ އެވެ. ނަމަވެސް މި ދެ ގައުމަށްވުރެވެސް ގިނައިން ޓޫރިސްޓުން އަންނަ އަދަދު އިތުރު ވަނީ އޮސްޓްޜޭލިއާއިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމްއެމްއޭއިން އެކުލަވާލާފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި އޮސްޓްރޭލިއާއިން މި ދިޔަ އަހަރު 27,250 ޓޫރިސްޓުން އައިނަމަވެސް މި އަހަރު މި އަދަދު ވަނީ 32,083 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް ބަލާނަމަ 17.7 ޕަސެންޓުގެ އިތުރުވުމެކެވެ. އެހެން ގައުމުތަކަށް ބަލާއިރު އެއް ގައުމަކުން ޓޫރިސްޓުން އަންނަ އަދަދު އެންމެ އިތުރުވެފައިވަނީ ރަޝިއާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު މި މުއްދަތުގެ ނިޔަލަށް ހުރީ 208,476 ގަ އެވެ. މިީއީ މިދިޔަ އަހަރު އެ ގައުމުން އައި 178,530 މީހުންނާ އަޅާ ކިޔާނަމަ 16 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިސްޓުން އައި ވަކިވަކި ބައްރުތަކަށް ބަލާއިރު ޔޫރަޕުން މި އަހަރުގެ މި މުއްދަތާ ހަމައަށް 813,784 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ނަމަވެސް މިއީ މިދިޔައަހަރު އައި 867,662 މީހުންނާ އަޅާބަލާއިރު 6.2 ޕަސެންޓުގެ ދަށްވުމެކެވެ.