މީގެ އިރުކޮޅެއް ކުރިން ސައީދު ބުނެފައިވާ ގޮތުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް މިހާރު 14 ގަޑިއިރު ވަނީ ވެގެން ގޮސްފަ އެވެ. ފުލުހުން ވަނީ އިމާރާތުން ނުކުންނަން އެދިފަ އެވެ.

ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް އުނދަގޫ ކުރަމުން ގެންދާ މީހެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން މުހައްމަދު ސައީދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ މިއަދު އެވެ. މިކަން ސަމާލު ކަަމަށް އައުމާއެކު ފުލުހުން ވަނީ އާއްމުންނަށް އުނދަގޫ ކުރުމުގައި އުޅެމުން ދިޔަ އަހުމަދު ފައިރިޝް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ސައީދު ހަޅުތާލާއެކު އިނީ ފުލުސް އޮފީސް ދޮށުގަ އެވެ.
މީގެ އިރުކޮޅެއް ކުރިން ސައީދު ބުނެފައިވާ ގޮތުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް މިހާރު 14 ގަޑިއިރު ވަނީ ވެގެން ގޮސްފަ އެވެ. ފުލުހުން ވަނީ އިމާރާތުން ނުކުންނަން އެދިފަ އެވެ.
ސައީދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށާއި، އަވަށްޓެރިންނަށް އަދި ހާއްސަކޮށް އޭނާގެ އާއިލާ އަށް ނުހަނު ބޮޑެތި ދަތިތައް އެމީހާ ކުރަން ފެށުމުންނެވެ، އާއްމުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ބަހައްޓާ މީހާ މީގެ ކުރިން 30 ފަހަރު ހައްޔަރުވެސް ކޮށްފައިވެ އެވެ. އަދި މި މައްސަލަ ތަކުރާރުވާތާ ދޮޅު އަހަރު ވަނީ ވެފަ އެވެ.

ސައީދު ބުނި ގޮތުގައި އޭނާ މި ހަރަކާތް ހިންގަނީ ދައުލަތުގެ މުޅި ނިޒާމް ފެއިލްވެފައިވާތީ އިތުރު ގޮތެއް ނެތިގެންނެވެ. އަދި މިކަން ކުރަނީ މުޅި ސަރަހައްދުގެ މީހުންގެ ހައްގުގަ އެވެ.