ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް މިހާރު އޭޑިކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ބްރިޖު ހައިވޭގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފުލުހެއްގެ ގައިގައި ޖެހި، ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 4:29 ހާއިރު ބާރު ސްޕީޑުގައި މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް، އެވަގުތު ބްރިޖު ހައިވޭ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހި، ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް މިހާރު އޭޑިކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާ ހިނގުމާއެކު، ދެން ތިބި ފުލުހުން ވަނީ އެ ސައިކަލު ހުއްޓުވާފަ އެވެ. ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އެ ސައިކަލުގައި ދެން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.