ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލީ ހިދުމަތްތަކުގެ ދާއިރާ ވަނީ 21.9 އިންސައްތަ ކުރިއަރައި، 748 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ.

މަސް ދުވަހުގެ ތެރޭގައި އިގްތިސޯދީ ކުރިއެރުން އަންނަ ވަރު ދައްކުވައިދޭން ނެރޭ މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތު (މިގް) ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު މަސްވެރިކަމާއި ކޮންސްޓްރަކްޝަން ސިނާއަތް ނޫން އެހެން ސިނާއަތްތަކަށް ކުރިއެރުން ލިބިއްޖެ އެވެ. އަދި މި ހިސާބުތަކުން ފެންނަނީ އެތެރޭގެ އިގްތިސޯދުގައި ހުރި ދަތިތަކެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯރިން ނެރުނު، މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތު (މިގް) ގައިވާ ގޮތުން މި މުއްދަތުގައި އެންމެ ބޮޑަށް ދަށްވެފައިވަނީ މަސްވެރިކަމުގެ ދާއިރާ އެވެ. މަސްވެރިކަމުގެ ދާއިރާގެ މިންގަނޑު 104 މިލިއަން ރުފިޔާ ހުއިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 65.6 ޕަސެންޓްގެ ބޮޑު ދަށްވުމެކެވެ.

މީގެ އިތުރުން ދަށްވެފައި ވަނީ ކޮންސްޓްރަކްޝަން ސިނާއަތެެވެ. މި ދާއިރާ 487 މިލިއަން ރުފިޔާގަ ހުއިރު، މިއީ މިއަހަރުގެ ޖުލައި އާ އަޅާބަލާއިރު 9.7 ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު 10.4 ޕަސެންޓްގެ ކުރިއަރާފައިވާ ކަމަށް ފެނެ އެވެ.
ދެ ސިނާއަތުގެ ދަށްވުމުން ފެންނަ ނިޝާންތައް - މަސްވެރިކަމާއި ކޮންސްޓްރަކްޝަންއަކީ އެތެރޭގެ އިގްތިސޯދުގެ މައި ޗެއިން ގުޅިފައިވާ ދެ ސިނާއަތެވެ. މި ދެ ސިނާއަތް ދަށްވުމުން ފެންނަނީ އެތެރޭގެ އިގްތިސޯދުގައި ހުރި ދަތިތަކެވެ.

މި ދެ ސިނާއަތުގެ ކުރިއެރުން ދަށްވިނަމަވެސް މިގް ރިޕޯޓުން ދައްކާގޮތުގައި އޮގަސްޓް މަހު ކޮންސްޓަންޓް ޕްރައިސްގައި ހުރީ 9,638 ބިލިއަން ރުފިޔާގަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2.4 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އޭގެ ކުރިން އައި ޖުލައި 2026 އާ އަޅާބަލާއިރު މިއީ 5.4 ޕަސެންޓްގެ ކުރިއެރުމެކެވެ.
އިގްތިސޯދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ހަރަކާތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލީ ހިދުމަތްތަކުގެ ދާއިރާ ވަނީ 21.9 ޕަސެންޓް ކުރިއަރައި، 748 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 ޕަސެންޓް ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 ޕަސެންޓް ކުރިއަރައި 487 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އިގްތިސޯދުގެ އެންމެ ބޮޑު ދާއިރާއަކީ އަދިވެސް ފަތުރުވެރިކަމުގެ ހިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާ އެވެ. މިއީ އިގްތިސޯދީ ކުރިއެރުމުގެ 23.1 ޕަސެންޓެވެ. މި ދާއިރާއިން 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 0.7 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 10.6 ޕަސެންޓްގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައި ވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއަކީ އިގްތިސާދުގެ 11.7 ޕަސެންޓް ހިއްސާކުރާ ދާއިރާ އެވެ. މި ނިމިދިޔަ އޯގަސްޓް މަހުގެ އިގްތިސޯދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން އިގްތިސޯދީ ކުރިއެރުން މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ރިކޯޑުކުރެވުނު 8.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.4 ޕަސެންޓްގެ ކުރިއެރުމެކެވެ.