އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުންކުރާނެ ލޯގޯއެއް ހޮވުމަށްޓަކައި ވޯޓަށް

އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޕީއެސްއެމްގެ އެއާ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުލުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 00:00 އެވެ.

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ، އިހްތިރާމު އަދާ ކުރުމުގެ ގައުމީ މަޝްރޫއަށް ހުށަހެޅި ލޯގޯތަކަށް ވޯޓަކަށް ހުޅުވާލައިފި އެވެ. 

މަޝްރޫއަކީ ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 ލޯގޯއެއް ހުށަހަޅާފައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ. މީގެ ތެރެއިން ފަނޑިޔާރުން އިވެލުއޭޓް ކުރުމަށްފަހު، އެންމެ ރަނގަޅު 10 ލޯގޯއެއް ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ.

އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޕީއެސްއެމްގެ އެއާ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުލުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 00:00 އެވެ.

މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއްވަނަ ލޯގޯ އިޢުލާންކުރާނީ މި މަޝްރޫއު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

"އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ދިވެހީންގެ ރީތި އުޅުމާއި ގުޅުން އިއާދަކޮށް ތަރައްގީކުރުމުގެ މަގުސަދުގައި ފަށާ 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.