ބުރުކީނާ ފާސޯއިން ރީތީގެ މުބާރާތްތައް ހުއްޓާލައި، ސައިންސް މުބާރާތެއް

އެ ގައުުމުގެ ރައީސް އިބްރާހިމް ޓްރައޯރޭގެ މި ނިންމުން އައިސްފައިވަނީ އެ ޤައުމުގެ ސަގާފީ އަގުތަކާއި އިޖުތިމާޢީ މިންގަނޑުތައް އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

ބުރުކީނާ ފާސޯގައި ރީތީގެ މުބާރާތްތައް މުޅި ޤައުމުގައި ސަސްޕެންޑް ކުރުމަށްފަހު، އަންހެން ކުދިންގެ ސައިންސްގެ ހުނަރު ދެނެގަނެ އެ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ޤައުމީ ފެންވަރުގެ ސައިންސް މުބާރާތެއް ފަށައިފިއެވެ.

އެ ގައުުމުގެ ރައީސް އިބްރާހިމް ޓްރައޯރޭގެ މި ނިންމުން އައިސްފައިވަނީ އެ ޤައުމުގެ ސަގާފީ އަގުތަކާއި އިޖުތިމާޢީ މިންގަނޑުތައް އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. މި މުބާރާތް ހުއްޓާލުމަށްފަހު ވަނީ އެ ޤައުމުގެ ރިޔާސަތުން ވަނީ "ހަކީލީ މޫސޯ" ގެ ނަމުގައި ސައިންސްގެ ރޮނގުން ހުނަރުވެރި ޒުވާން އަންހެނުން ހޯދައި އިނާމު ދިނުމަށް މުބާރާތެއް ތަޢާރަފުކޮށްފަ އެވެ.

މި މުބާރާތުގައި 84 ޒުވާން އަންހެނުން ވަނީ ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީން ވާދަކޮށްފައެވެ. މުބާރާތުން އެންމެ މަތީ ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ސްކޮލަރޝިޕްތައް ދީފައިވާއިރު، ރައީސް އިބްރާހިމް ޓްރައޯރޭ ވަނީ އެ ކުދިންނާ ބައްދަލުކުރައްވައި، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ސައިންސްގެ ރޮނގުން ކުރިއަށް ދިއުމަށް އަމާޒުތަކެއް ކަނޑައެޅުމަށް ހިތްވަރު ދެއްވާފައެވެ.

މި އިސްނެގުމަކީ ސައިންސްގެ ދާއިރާއިން އަންހެނުންނަށް އޮންނަ ފުރުސަތުތައް ފުޅާކޮށް، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުންނާ މެދު އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ހަމައެކަނި މުބާރާތަކުން ދެމެހެއްޓެނިވި ބަދަލެއް ނުގެނެވޭނެކަމަށާއި، މިކަމަށްޓަކައި އަންހެން ކުދިންގެ ތަޢުލީމަށާއި، ފެންވަރު ރަނގަޅު ޓީޗަރުންނާއި ސްކޮލަރޝިޕްތަކަށް މެދުނުކެނޑި އިންވެސްޓްކުރުން މުހިންމުކަން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.