ހާއްސަ އެހީއަށް ބޭނުންވާ ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭނެކަމުގެ ޔަގީންކަން

ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން ހއ. ކެލާއަށް ނިސްބަތްވާ ޚަދީޖާ ނަމަކަށްކިޔާ މީހަކު، އޭނާގެ 18 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ދަރިފުޅާ ގުޅޭގޮތުން ހިއްސާކުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ތަފާތު ހުނަރުތައް ލިބިފައިވާ ކުދިންނަށް، އެކުދިންގެ ހުނަރު ކުރިއަރުވައި ދައްކާލެވޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ހއ. ކެލާއަށް ނިސްބަތްވާ ޚަދީޖާ ނަމަކަށްކިޔާ މީހަކު، އޭނާގެ 18 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ދަރިފުޅާ ގުޅޭގޮތުން ހިއްސާކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

ޚަދީޖާ ފާހަގަކުރި ގޮތުގައި އޭނާގެ ދަރިފުޅަކީ ފަންސުރާއި ރަބަރު ބޭނުންނުކޮށް ގަލަމުން ވަރަށް މޮޅަށް ކުރަހާ ކުއްޖެއް ނަމަވެސް، ރާއްޖޭގައި އެފަދަ ކުދިންނަށް ފުރުސަތުތައް ނެތުމުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހެ އެވެ. މީގެ އިތުރުން، ދާދި ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަނެއްގައި ބައިވެރިވުމަށް އެދި، އެ ދަރިފުޅަކީ އޯޓިޒަމް ކުއްޖަކަށް ވާތީ ސްޓޯލްގައި މަޑުނުކޮށް ކުރެހުންތައް ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދުމުން، އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރި އެވެ. އަދި ރަށުގައި އެކަށީގެންވާ ތަޢުލީމީ ފުރުސަތު ނެތުމުން މާލެއަށް ބަދަލުވާން މަޖުބޫރުވިކަން ވެސް އޭނާ ހިއްސާކުރި އެވެ.

މި ޝަކުވާތަކާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މުބާރާތްތަކާއި މައުރަޒުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން އިތުރުކޮށް، ދިރިއުޅުމުގައި އެކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮށް އެ ކުއްޖާގެ ކުރެހުމުގެ ހުނަރު ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވަރަށް ބޮޑަށް ބައްލަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.