ޔޫއޭއީ އިން ހައްޔަރު ކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެއަށް ފޮނުވާލައިފި

ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައި ވަނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ހައިޖެކް ކުރަން އުޅުނު ފްލައި ދުބާއީގެ ފްލައިޓް --

ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް، ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހައްޔަރު ކުރި ދިވެހި ދެ ޕައިލެޓުން މިއަދު ރާއްޖެ ފޮނުވާލައިފި އެވެ. 

މި މައްސަލައިގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ފްލައިޓް ހައިޖެކް ކުރަން އުޅުނު ކޯ-ޕައިލެޓް ހައްމާމް އަލް ހަމާނީއާ ގުޅުން އޮންނަ ބައެއް ކަމަށް އޭރު އަޑުތައް ފެތުރިފައިވެ އެވެ. އެ ދެ މީހުންނަކީ ވެސް ކޯ-ޕައިލެޓުންގެ ގޮތުގައި ފްލައި ދުބާއީ އެއާލައިންގައި މަސައްކަތް ކުރާ ދެމީހުންނެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައި ވަނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެމީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށާއި، އެމީހުންނާމެދު ފިޔަވަޅެއް އަޅާނަމަ އެކަން އަންގާނެ ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި، 174 ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިޓް ނަންބަރު FZ1073 ގެ ކޮކްޕިޓް ތެރޭގައި ކޯ-ޕައިލެޓް ވަނީ މަރުތޭލަކުން ޕައިލެޓަށް ހަމަލާދީފަ އެވެ. އެ ހާދިސާ ހިނގުމާއެކު ބޯޓު ވަނީ ތިރިވާން ފަށައިފަ އެވެ. ނަމަވެސް ބޯޓުގައި ތިބި ފަސިންޖަރުންނާއި، ކްރޫން އަދި އޮފް-ޑިއުޓީގައި ތިބި އެހެން ޕައިލެޓުންތަކެއް ވަނީ ކޮކްޕިޓަށް ވަދެ، ހަމަލާދިން ކޯ-ޕައިލެޓް ހިފަހައްޓައި، ބޯޓުގެ ކޮންޓްރޯލް އަނބުރާ ހޯދާފަ އެވެ.

ބޯޓު ހައިޖެކް ކުރަން އުޅޭކަމުގެ ސިގްނަލް (7500) ދިނުމަށްފަހު، ސައުދީގެ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ސަލާމަތްތެރިކަމާއެކު ޖައްސާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.