ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ސެޕްޓެންބަރު މަހުގައި އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 169.8 މިލިއަން ޑޮލަރު ކަމަށް ދައްކައިފި އެވެ.
މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހު ރަސްމީ ރިޒަރވްގައި ހުރީ 643.9 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒަރވް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން އެމެރިކާ ޑޮލަރަށް (%15.4 އިން) ދަށްވެފައެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި ސެޕްޓެންބަރު ނިމުނުއިރު ރަސްމީ ރިޒަރވްގައި ހުރީ 547 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޮގަސްޓު މަހާ އަޅާބަލާއިރު 14.9 ޕަސެންޓް ދަށްވުމެކެވެ.
ރިޒާވް ދަށްވި ސަސަބުތައް - ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ސެޕްޓެންބަރު މަހުގައި އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. މިގޮތުން، ފާއިތުވީ އޯގަސްޓު މަހާ އަޅާބަލާއިރު، އެމްއެމްއޭ އިން ބޭރުފައިސާ ވިއްކި މިންވަރު ވަނީ %46.9 އިން އިތުރުވެފަ އެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2019 ވަނަ އަހަރު، ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސް.ބީ.އައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދަައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު ސެޕްޓެންބަރު މަސް ތެރޭގައި ދައްކައި ހަލާސްކުރުމަށް، އެމްއެމްއޭ އިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެ އެވެ.
ފާއިތުވީ މަސްތަކެކޭ އެއްގޮތަށް ސެޕްޓެންބަރު މަހުގައި ވެސް، ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް، ބޭންކުތަކަށް އެމްއެމްއޭއިން ވަނީ ޑޮލަރު ވިއްކާފައެވެ.