ހޯމަ ދުވަހު ވަނީ އިލްހާންގެ ގެ ރެއިޑްކޮށްފަ އެވެ. މި ރޭޑަކީ އޭނާގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅޭގޮތުން ހިންގާ ޖިނާއީ ތަޙުޤީޤެއްގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.

އެމެރިކާގެ ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު އިލްހާން ޢުމަރު ގައުމުން ފޮނުވާލުމުގެ ރޭވުންތަކެއް ރާވައި، ވޮޝިންޓަން ޑީސީގައި ހުންނަ ގެ ފެޑެރަލް އޮތޯރިޓީތަކުން އޭނަ ދިރިއުޅުއްވާ ގެ ފާސްކޮށް، އޭނާގެ މޯބައިލް ފޯނު ހިފަހައްޓައިފިއެވެ. ހޯމަ ދުވަހު ހިންގި މި ރޭޑަކީ އޭނާގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅޭގޮތުން ހިންގާ ޖިނާއީ ތަޙުޤީޤެއްގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.
މި ތަޙުޤީޤުގެ މައިގަނޑު އަމާޒަކީ 1995 ވަނަ އަހަރު އިލްހާން އެމެރިކާއަށް ހިޖުރަކުރެއްވިއިރު، އޭނާގެ އުމުރާ ގުޅޭގޮތުން އާއިލާ އިން ދޮގު މަޢުލޫމާތު ދީފައިވޭ ތޯ ބެލުމެވެ. އިލްހާން އަށް އެމެރިކާގެ ރައްޔިތުކަން 2000 ވަނަ އަހަރު ލިބުނުއިރު، އޭނާގެ އުމުރަކީ 17 އަހަރު ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއާއެކު އޭނާގެ ބައްޕަ އަށް ރައްޔިތުކަން ލިބުމުން އޮޓަމެޓިކުން އިލްހާންއަށް ވެސް ވަނީ ރައްޔިތުކަން ލިބިފަ އެވެ. ނަމަވެސް، ކޮންގްރެސްގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާގެ އުފަން އަހަރު 1981 އިން 1982 އަށް ބަދަލުކުރުމަށް އޭނާގެ އޮފީހުން މިންނެސޯޓާގެ ޕަބްލިކް ލައިބްރަރީއެއްގައި އެދިފައިވުމުން އުމުރާ ގުޅޭގޮތުން ވަނީ ސުވާލުތައް އުފެދިފަ އެވެ.

މި މައްސަލައިގައި އިލްހާންގެ އާއިލާގެ މެމްބަރުންނަށް އަމާޒުކޮށް އެތައް ސަބްޕީނާއެއް ނެރެފައިވާއިރު، އޭނާގެ ނިޔާވެފައިވާ ބައްޕަ އެމެރިކާއަށް އެތެރެވުމަށް ހުށަހެޅި ލިޔެކިޔުންތަކުގައި ދޮގު މަޢުލޫމާތު ހިމެނޭތޯވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ތަހުގީގާ ގުޅިގެން އިލްހާންގެ ފިރިމީހާ ޓިމް މައިނެޓް ވިދާޅުވީ އޭނާގެ އަންހެނުން އެމެރިކާއަށް އައީ އުމުރުން 12 އަހަރުގައި ހަނގުރާމައިގެ ރެފިއުޖީއެއްގެ ގޮތުގައި ކަމަށާއި މިކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
އިލްހާން ޢުމަރު ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށް ފެޑެރަލް އިދާރާތައް ބޭނުންކުރުން ކަމަށެވެ. އަދި އޭނާ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.