ވަރަށް ވިއްސާރަ އެ ދުވަހު އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި، 10 މީހަކު ކަނޑުވި އެވެ. އެ އޮފިސަރުންގެ ހިތްވަރުން އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. ނަމަވެސް ދެ މީހަކު ގެއްލި، މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ގަދަ ކަނޑުގައި ބައެއްގެ ފުރާނަ ސަލާމަތް ކޮށްފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިން ފުލުހަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފި އެވެ.
މިއީ ޖުލައި 31، 2026 ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރު، ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހައިލި "ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ކަނޑުވި މީހުން ސަލާމަތް ކުރި ފުލުހުންނަށް އެރުވި ރަން މެޑަލްއެކެވެ.
ފުލުހުންގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މެޑަލް އަރުވާފައި ވަނީ؛
ވަރަށް ވިއްސާރަ އެ ދުވަހު އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި، 10 މީހަކު ކަނޑުވި އެވެ. އެ އޮފިސަރުންގެ ހިތްވަރުން އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. ނަމަވެސް ދެ މީހަކު ގެއްލި، މިހާތަނަށް ފެނިފައެއް ނުވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިހުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
އަދި މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިހުލާސްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ސީޕީ ފާހަގަކުރައްވާފައިވެ އެވެ.