އާރުޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށް، ސައުދީ އައްޔަންކޮށްފި

ސަރުކާރުން އުވާލަން ނިންމާފައިވާ ކުންފުނީގެ އެމްޑީގެ މަގާމުން ނަޒީމް ވަކި ކުރިއިރު، އިއްޔެ ވަނީ ނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޖައްމަދު އަފީފު ހުސައިން ވެސް މަގާމުން ދުރުކޮށްފަ އެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި ނަޒީމް -- ފޮޓޯ: އެޓޯލް ޓައިމްސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ މިއަދު އައްޔަންކޮށްފި އެވެ. 

ސަރުކާރުން އުވާލަން ނިންމާފައިވާ ކުންފުނީގެ އެމްޑީގެ މަގާމުން ނަޒީމް ވަކި ކުރިއިރު، އިއްޔެ ވަނީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޖައްމަދު އަފީފު ހުސައިން ވެސް މަގާމުން ދުރުކޮށްފަ އެވެ. 

ސަރުކާރުން ވަނީ ފެނަކަ އާއި އާރްޑީސީ އުވައިލަން ނިންމާފަ އެވެ. އެގޮތުން އާރްޑީސީގެ ދަށުން ކުރަމުން އައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް، ފެނަކައިގެ ދަށުން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.

ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮންނައިރު، މި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.