އިއުލާނުކޮށްގެން ރިސޯޓް ހަދާ ރަށުގެ ލިސްޓުން 10 ރަށް އުނިކޮށްފި

މި ރަށްތައް އުނިކުރި ސަބަބެއް ނުބުނިނަމަވެސް ޓޫރިޒަމް ގާނޫނުން ބާރު ލިބިގެން ރަށެއް އުނިކުރަނީ އެހެން މަޝްރޫއަކަށް ނުވަތަ ކްލޯޒް ބިޑިން އުސޫލުން މި ރަށްތައް ދޫކުރަން ހުޅުވާލުމަށެވެ.

ލިސްޓުން އުނިކުރި ހަންކެޑެގައި ރިސޯޓް ހަދަން ކުރިން ދެއްކި ކުރެހުމެއް

އާއްމުކޮށް އިއުލާނުކޮށްގެން ރިސޯޓް ހަދާ ރަށުގެ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ލިސްޓުން 10 ރަށެއް ޓޫރިޒަމް މިނިސްޓްރީން އުނިކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އިން ބުނީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. މި އިސްލާހާއެކު 10 ރަށެއް ވަނީ މި ލިސްޓުން އުނިކޮށްފަ އެވެ.

މި ރަށްތައް އުނިކުރި ސަބަބެއް ނުބުނިނަމަވެސް ޓޫރިޒަމް ގާނޫނުން ބާރު ލިބިގެން ރަށެއް އުނިކުރަނީ އެހެން މަޝްރޫއަކަށް ނުވަތަ ކްލޯޒް ބިޑިން އުސޫލުން މި ރަށްތައް ދޫކުރަން ހުޅުވާލުމަށެވެ.

ލިސްޓުން އުނިކުރި ރަށްތައް

  •  ހއ. ގައްލަންދޫ (ޕްރޮޖެކްޓް ކޯޑް LD0801)
  •  ހދ. މަތިނޮޅި (ޕްރޮޖެކްޓް ކޯޑް: RF0167)
  •  ށ. އަތޮޅުން 15 ހެކްޓަރުގެ ބިމެއް (ޕްރޮޖެކްޓް ކޯޑް: LD1138)

މީގެ އިތުރުން ރިސޯޓް ހަދަން އިއުލާނުކުރާ ރަށުގެ ލިސްޓުން އުނިކުރި އެހެން ރަށްތަކުގެ ތެރޭގައި ނ، އއ، މ، ގ، ލ އަދި ސ އަތޮޅަށް ނިސްބަތްވާ ބައެއް ރަށްތަކާއި ފަޅުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގައި މިވަގުތު ވެސް 161 ރިސޯޓެއް ނުހެދި އެބައޮތެވެ. މި ރަށްތަކުގެ ތެރޭގައި 20-25 އަހަރުވީ ތަން ތަކެއް ވެސް ހިމެނެ އެވެ. މި ރަށްތަކުން ނުލިބި ހުރި ޓޫރިޒަމް ބިމު ކުލި 500- 600 މިލިޔަން ޑޮލަރާއި ހިސާބަށް އަރަ އެވެ. މި ސަރުކާރުން ދާދިފަހުން ވަނީ ގިނަ ރަށްތަކެއް އިއުލާނުވެސް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.