ބަނގުރާ ނެޓްވޯކުގައި ހިމެނޭ އިސް ދިވެހި މީހާ ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރު ކޮށްފައި ވަނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް 53، އެވެ.

ބަނގުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ތުހުމަތު ކުރާ މުހައްމަދު ރަޝްވާން އައްބާސް --

ފުޅާ ދާއިރާއެއްގައި މާލެ ތެރެއަށް ބަނގުރާ ސަޕްލައި ކުރަމުން ދިޔަ ނެޓްވޯކުގެ އިސް ދިވެހި މީހާ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހ. މާދޫގޭން ވަނީ 826 ފުޅި ބަނގުރާ އަތުލައިގެންފަ އެވެ. އަދި އެދުވަހު ތިން ބިދޭސީއަކު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރު ކޮށްފައި ވަނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް 53، އެވެ.

އޭނާގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، ބަނގުރާ ފެނިފައި ވަނީ އޭނާގެ މަސްލަހަތު އޮންނަ ތަނަކުންނެވެ. އެތަކެތި ފުލުހުން އަތުލައިގެންފައި ވަނީ މާދޫގޭގައި ހުރި އޮފީހެއް ފާޑުގެ ތަނަކުންނެވެ.

އަމުރުގައިވާ ގޮތުން، ރަޝްވާން ހައްޔަރު ކޮށްފައި ވަނީ އެ މައްސަލައިގައި ހައްޔަރު ކުރި ބިދޭސީން ދިން މައުލޫމާތާ ގުޅިގެންނެވެ. އެ މީހުންނަކީ އޭނާގެ މުވައްޒަފުން ކަމަށާއި، ބަނގުރަލުގެ ވިޔަފާރި ކުރަނީ އޭނާ ބުނެގެން ކަމަށް އެމީހުން ބުނެފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ރަޝްވާން ވަނީ އެ ތުހުމަތަށް އިންކާރު ކޮށްފަ އެވެ. އަދި އެތަން ބަލައިފާސްކޮށްފައި ވަނީ އޭނާ އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ މީހެއްގެ ހާޒިރުގައި ނޫން ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް ކޯޓުގައި އެދުނު ނަމަވެސް، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.