ބަޖެޓު ފޫބައްދަށް 1.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

މި ފަހަރު ވިއްކަން ހުޅުވާލާފައިވާ އެންމެ ބޮޑު އަދަދަކީ 28 ދުވަހުން އަނގުރާ ދައްކަން ޖެހޭ 1,2 ބިލިއަން ރުފިޔާގެ ޓީބިލް އެވެ. މި ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 3.50% އެވެ.

ފިނޭންސް މިނިސްޓްރީ : މިފަހަރުވެސް ބޮޑު އަދަދުން ޓީބިލް ވިއްކަން ވަނީ ހުޅުވާލާފަ

ދައުލަތުގެ ހަރަދު ދޫބައްދަށް 1.7 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ޓްރެޒަރީ ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ސިލްސިލާކޮށް ހިންގާ އެތެރޭގެ ބާޒާރުން ދަރަރި ނެގުމުގެ މި އޮޕަރޭޝަންގެ ދަށުން މި ފަހަރު ވިއްކަން ހުޅުވާލާފައިވާ އެންމެ ބޮޑު އަދަދަކީ 28 ދުވަހުން އަނގުރާ ދައްކަން ޖެހޭ 1,2 ބިލިއަން ރުފިޔާގެ ޓީބިލް އެވެ. މި ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 3.50% އެވެ.


  182 ދުވަހުގެ ޓީ-ބިލް: 140,000,000.00 ރުފިޔާ، 4.23% ގެ އިންޓަރެސްޓް ރޭޓެއްގައި. 364 ދުވަހުގެ ޓީ-ބިލް: 168,771,000.00 ރުފިޔާ، 4.60% ގެ އިންޓަރެސްޓް ރޭޓެއްގައި. 

ޓީބިލް ވިއްކަން ހުޅުވާލި މުއްދަތު

  • 28 ދުވަހުގެ ޓީ-ބިލް - 1,2 ބިލިއަން ރުފިޔާ، 3.50% ގެ އިންޓަރެސްޓް ރޭޓެއްގައި
  • 98 ދުވަހުގެ ޓީ-ބިލް - 169 ރުފިޔާ، 3.87% ގެ އިންޓަރެސްޓް ރޭޓެއްގައި
  • 182 ދުވަހުގެ ޓީ-ބިލް- 140 ރުފިޔާ، 4.23% ގެ އިންޓަރެސްޓް ރޭޓެއްގައި
  • 364 ދުވަހުގެ ޓީ-ބިލް- 168 ރުފިޔާ، 4.60% ގެ އިންޓަރެސްޓް ރޭޓެއްގައި

ފިނޭންސް އިން ބުނީ ޓީ-ބިލްތައް ގަތުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ 'ސަބްސްކްރިޕްޝަން ފޯމު' ފުރިހަމަކުރުމަށްފަހު، ވިއްކާ ތާރީޚުގެ ހެނދުނު 8:30 އިން 11:00 އާ ދެމެދު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ އެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ސެޓްލްމަންޓް ތާރީޚުގައި ޓީ-ބިލްތަކަށް ފައިސާ ދައްކައި ޚަލާޞްކުރަންޖެހޭނެކަމަށާއި، ފައިސާ ނުދައްކައިފިނަމަ ކުރިމަގުގައި ސަރުކާރުގެ ސެކިއުރިޓީޒްގެ މުޢާމަލާތްތަކުގައި ބައިވެރިވުން ސަސްޕެންޑް ކުރެވިދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.   

ފިނޭންސުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ވަނީ 99 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ މާކެޓުގައި ވިއްކާފައިވާ އިންސްޓްރޫމެންޓްތަކެވެ. އެގޮތުން ޑޮމެސްޓިކް އިންސްޓްރޫމެންޓްސްގެ ޖުމްލަ އަކީ 97,558 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.