އުވާލުމުގެ މަސައްކަތް ކުރާ ފެނަކަ އެމްޑީ މަގާމުން ވަކިކޮށްފި

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަފީފު، ފެނަކައިގެ އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.

ފެނަކަ ކުންފުނީގެ އެމްޑީގެ މަގާމުން ދުރުކުރި އަފީފް -- ޕީއެސްއެމް ފޮޓޯ

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު އަފީފު ހުސައިން، އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށްދަނިކޮށް މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އޭނާ މަޤާމުން ވަކިކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ޕީސީބީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަފީފު، ފެނަކައިގެ އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުން ވަކިކޮށްފައިމިވަނީ މަޤާމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުންނެވެ.

އަފީފު މަޤާމުން ވަކިކޮށްފައިމިވަނީ ފެނަކަ އުވާލުމަށް ސަރުކާރުން ނިންމަވައި، އެ ކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތަކާއި ދެމުން އައި ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަރުހަލާ ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.