ފުލުހުން ބުނީ ވީއައިއޭގައި ފްލައިޓް ޑިލޭވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރަން ގޮސް ތިބި ބޭރު ގައުމެއްގެ ބަޔަކު ފްލައިޓް ޑިލޭވުމުން ހަމަނުޖެހުން ހިންގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ޓާމިނަލްގެ ޑިޕާޗާ އޭރިއާގައި ފުލުހުންނާއި ބޭރު ބަޔަކާ ދެމެދު ވަނީ ކުރިމަތިލުމެއް ހިނގާފަ އެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ރޭ ޑިލޭވި ފްލައިޓު މިއަދު ކެންސަލްވުމުން އުފެދުނު ނުތަވަސްކަމެއްގަ އެވެ.
ފުލުހުން ބުނީ ވީއައިއޭގައި ފްލައިޓް ޑިލޭވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.