މަންޓާގެ ބޯޓެއް ޕާކިސްތާނުގައި ކުއްޔަށް ދީގެން އުދުހެން ފަށައިފި

މިއީ ދިވެހިރާއްޖޭގެ އެއާލައިނަކުން ބޭރު ގައުމެއްގެ އެއާލައިނަކަށް އެއާކްރާފްޓާއި ކްރޫއިންނާއެކު އޮޕަރޭޓްކުރުމަށް ބޯޓު ކުއްޔަށްދީގެން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ހިދުމަތެކެވެ.

މަންޓާގެ ފްލައިޓެއް އެއާޕޯޓުގައި: އިންޓަނޭޝަނަލް އޮޕަރޭޝަންތަށް އަންނަ އަހަރު ފަށާނެ

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މާންޓާ އެއާގެ ބޯޓެއް، ޕާކިސްތާނުގެ ސައުތު އެއާ އަށް ވެޓް-ލީސް އުސޫލުން ދީގެން ޕާކިސްތާނުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށައިފި އެވެ.   

މާންޓާ އެއާގެ ރަޖިސްޓްރީ 8Q-RAY ގެ މި ބޯޓު ޕާކިސްތާނުގެ ކަރާޗީ ޖިންނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު، ސައުތު އެއާގެ ޝެޑިއުލް ދަތުރުތަކާއި ޓްރަޔަލް ފްލައިޓްތައް ވަނީ ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން މާންޓާ އެއާއިން ވަނީ ބޯޓުގެ އިތުރުން ކްރޫއިންނާއި މެއިންޓަނަންސް ހިދުމަތްތައްވެސް ސައުތު އެއާއަށް ފޯރުކޮށްދީފައެވެ.

މިއީ ދިވެހިރާއްޖޭގެ އެއާލައިނަކުން ބޭރު ގައުމެއްގެ އެއާލައިނަކަށް އެއާކްރާފްޓާއި ކްރޫއިންނާއެކު އޮޕަރޭޓްކުރުމަށް ބޯޓު ކުއްޔަށްދީގެން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ހިދުމަތެކެވެ.

މަޓާ އެއާއަކީ ކުރިން އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވި އެއާލައިން އެކެވެ. ނަމަވެސް ގައުމީ އެއާލައިން ފުޅާކޮށް އިތުރު ކުރުމާއެކު އެ ކުންފުންޏަށް ހުރި ފުރުސަތުތައް ވަނީ ހަނިވެފަ އެވެ. މިގޮތުން ދާދިފަހުން ވަނީ ބައެއް އެއާޕޯޓްތަކަށް މަންޓާ އުދުހުމުގެ ހުއްދަ ނުދޭ ކަމަށް ބުނެ އެ އެއާލައިނުން ޝަކުވާވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.