މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" އެސްޓާސްއަށް

އޭޝިއާގެ އެންމެ މަގުބޫލު 500 ބްރޭންޑުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ފަރުނީޗަރު ބްރޭންޑް "ލިންސީ ހޯމް" ގެ ރަސްމީ ފިހާރާގައި ފެންވަރު ރަނގަޅު ފަރުނީޗަރު ލިބެން ހުރެ އެވެ.

އެސްޓާސްގައި ލިންސީ ފަރުނީޗަރު ފިހާރަ ހުޅުވަނީ -- އެސްޓާސް

ގިނަ ގައުމުތަކެއްގައި ހިންގާ މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް އެސްޓާސް އިން ހުޅުވައިފި އެވެ. 

ދުނިޔޭގެ 67 ޤައުމެއްގައި 1،000 އަށްވުރެ ގިނަ ޝޯރޫމް ހިންގަމުން އަންނަ، އަދި ފެންވަރު ރަނގަޅު ފަރުނީޗަރު ހެޔޮ އަގުގައި ފޯރުކޮށްދޭ "ލިންސީ" ބްރޭންޑުގެ ޝޯރޫމް ހުޅުވާފައިވަނީ އެސްޓާސް އިމާރާތުގެ 5 ވަނަ އަދި 6 ވަނަ ފަންގިފިލާ އެވެ. މިގޮތުން މި ފަރުނީޗަރު ސެންޓަރު ހުޅުވުމާ ގުޅިގެން ފުރަތަމަ 30 ދުވަހުގެ ނިޔަލަށް %20 ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

އޭޝިއާގެ އެންމެ މަގުބޫލު 500 ބްރޭންޑުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ފަރުނީޗަރު ބްރޭންޑް "ލިންސީ ހޯމް" ގެ ރަސްމީ ފިހާރާގައި ފެންވަރު ރަނގަޅު، ޒަމާނީ ފަރުނީޗަރު އެކަށީގެންވާ ހެޔޮ އަގުތަކެއްގައި ދިވެހި އާއިލާތަކަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ.

މި ޝޯރޫމް މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގެ ހުރިހާ ބަޔަކަށް ބޭނުންވާނެ ފަރުނީޗަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ސޯފާ، އެނދު، ކާ މޭޒު ސެޓު، އަލަމާރި، ކުޑަކުދިންގެ ފަރުނީޗަރު އަދި އޮފީސް ފަރުނީޗަރު ހިމެނެއެވެ. މި ޝޯރޫމް ހުޅުވުމުގެ މުނާސަބަތުގައި، ފުރަތަމަ 30 ދުވަހުގެ ތެރޭގައި ޝޯރޫމްގައި ދައްކާލެވިފައިވާ ހުރިހާ ފަރުނީޗަރަކުން %20 ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ދިނުމަށް އެސްޓާސް އިން ވަނީ ނިންމާފައެވެ.


ލިންސީ - 2007 ވަނަ އަހަރު ވުޖޫދުވި "ލިންސީ" އަކީ ވޭތުވެދިޔަ 13 އަހަރު ދުވަހު މެދުނުކެނޑި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އޭޝިއާގެ އެންމެ ނުފޫޒުގަދަ 500 ބްރޭންޑުގެ ތެރޭގައި ހިމެނިފައިވާ ކުންފުންޏެކެވެ. މިއަދު މި ބްރޭންޑުގެ 1,000 އަށްވުރެ ގިނަ ޝޯރޫމްތައް ދުނިޔޭގެ 67 ޤައުމަކާއި ސަރަޙައްދެއްގައި ހިންގަމުންދެއެވެ. މީގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ފިލިޕީންސް، ބުރުނާއީ، ޕެނަމާ، ޓްރިނިޑާޑް އަދި ޓޮބޭގޯ ފަދަ ޤައުމުތައް ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.