މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 3.4 ޕަސެންޓް ދަށް

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މި އަހަރުވެސް އެ އަދަދަށް މީހުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.

ޓޫރިސްޓުންތަކެއް މާލެއަށް ފައިވަނީ -- މިރާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.6 މިލިއަނަށް އެރިނަމަވެސް އަދިވެސް މިދިޔަ އަހަރަށްވުރެ 3.4 ޕަސެންޓް ދަށް ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޯބަރު 12 އާ ހަމައަށް މުޅިއެކު 1,6 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިއީ ފާއިތުވި 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 1.7 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 3.4 ޕަސެންޓްގެ ދަށްވުމެކެވެ.

އެކި މަސްތަކުގައި ޓޫރިސްޓުން އައި އަދަދު

  • ޖަނަވަރީ - 224,788
  • ފެބްރުއަރީ - 247,722 (އެންމެ ގިނައިން ޓޫރިސްޓުން އައި މަސް - 17.7% އިތުރުވި)
  • މާރިޗު - 161,259
  • އޭޕްރިލް - 147,600
  • މޭ - 139,746
  • ޖޫން - 123,552
  • ޖުލައި - 183,119
  • އޯގަސްޓް - 195,390
  • ސެޕްޓެމްބަރު - 148,801
  • އޮކްޓޯބަރު (12 އާ ހަމައަށް) - 68,785

ޓޫރިސްޓުންގެ އަދަދު ކުޑަކޮށް ދަށްވިނަމަވެސް، ވިޔަފާރި ދަތުރުތަކުގައާއި ކްރޫޒް ލައިނާ ބޭނުންތަކުގައި އަންނަ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. ވިޔަފާރި ދަތުރުތަކަށް މިއަހަރުގެ މިހާތަނަށް 15,461 ފަރާތަކުން ވަނީ ވިޔަފާރި ދަތުރުތަކުގައި ރާއްޖެ އަށް އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 14,279 މީހުންނާ އަޅާބަލާއިރު ކުރިއެރުމެކެވެ. އަދި ކްރޫޒް ޕެސެންޖަރުންގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 15,583 ކްރޫޒް ޕެސެންޖަރުން އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި އައި 8,263 ޕެސެންޖަރުންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މި އަހަރުވެސް އެ އަދަދަށް މީހުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.