ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ވިއްކާ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާއިރު، މި މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން ބިދޭސީން --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އިތުރު ތިން ބިދޭސީން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ބަންދުކޮށްފައި ވަނީ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން ކިޔާ ބައެކެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާއިރު، މި މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރާނީ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެންނެވެ. ފުލުހުން ބުނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކާ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.