ދެ ޕާކިން އިމާރާތް އަންނަ އަހަރު ނިމޭނެ : މިނިސްޓަރު

ސަޢީދު ވިދާޅުވީ، ހީނާމާގޭގައި ތަރައްޤީކުރާ ޕާކިން އިމާރާތް ކޮންޓްރެކްޓަރަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

މިރޭ ބޭއްވި އަހާ ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

މާލޭގައި އުޅަނދުތައް ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން ހީނާމާގޭގެ އިތުރުން ސޯސަންމަގުގައި އިމާރާތްކުރާ ޕާކިންގ ފެސިލިޓީތައް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފަށާނެކަމަށް ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް / ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ، ހީނާމާގޭގައި ތަރައްޤީކުރާ ޕާކިން އިމާރާތް ކޮންޓްރެކްޓަރަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ޖެހިގެން ސޯސަންމަގުގައި އޮންނަ ހުސް ބިމުގައި ވެސް ޕާކިން ފެސިލިޓީއެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. ވަރަށް އަވަހަށް މި މަޝްރޫޢުތައް ބަޔަކާ ޙަވާލުކުރެވި، އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ދެ އިމާރާތް ވެސް ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ.

ޕާކިން މައްސަލައަށް ހައްލު ހޯދުމުގެ އިތުރުން، މާލޭގެ މަގުތަކުގެ ޖާގައިގެ ދަތިކަން ކުޑަކޮށް، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި މަގުތަކުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މަރުޙަލާގައި ހަތަރު މަގެއްގެ ފަރުމާ ބަދަލުކުރުމުގެ ޕްލޭންތައް އެކުލަވާލަމުންދާއިރު، މި މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ޚިޔާލާއި ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ.

ވެރިރަށް މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ބަރު އުޅަނދުތައް ދުއްވުމުގެ ޤަވާއިދުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. ކަމާ ބެހޭ ފަރާތްތަކާ އެކު ކުރިއަށްދާ މަޝްވަރާތަކަށްފަހު، އަންނަ ހަފުތާގައި މި އައު އުސޫލުތައް ގެޒެޓުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާ އެކު 'ގްރޭޓާ މާލެ މޮބިލިޓީ އޮފީސް'ގެ މަސައްކަތްތައް ހަރުދަނާކޮށް، އެ އޮފީހަށް އިރުޝާދު ދިނުމަށް 'ރޯޑް ސޭފްޓީ ކައުންސިލް' ގެ ނަމުގައި ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.