ބަދަލެއް | ދެން 1،000 ޑޮލަރު ދޫކުރާނީ ބޭހަށް ދާ ގައުމުތަކަށް، އާސަންދަ ޑޮލަރަށް ބަދަލެއް ނާދެ

މި ބަދަލާއެކު އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ދިވެހީންނަށް ދޭ 1000 ޑޮލަރު ދެން ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާގެ އިތުރުން ސިންގަޕޫރު އަދި ޔޫއޭއީ އަށް ދަތުރުކުރާއިރު އެކަންޏެވެ.

މީހަކު ޑޮލަރު ތަކެއް

އާސަންދަ ނެތި ބޭހަށް ދާ މީހުންނަށް ދޫކުރާ 1000 ޑޮލަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ ދިވެހިން އާއްމުކޮށް ބޭހަށްދާ ގައުމުތަކަށް އެކަނި ދޫކުރާ ގޮތަށް ބަދަލު ގެނެސްފި އެވެ. 

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ގެނައި މި ބަދަލާއެކު ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި 1000 ޑޮލަރު ދޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން މި އުސޫލު އޮންނަ ގޮތުން ކޮންމެ ގައުމަކަށް ދާ މީހަކުވެސް ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓެއް ގެނައުމުން 1،000 ޑޮލަރު ވިއްކަ އެވެ. މި އުސޫލު މިގޮތަށް އޮތުމުން ކޮންމެ ގައުމަކަށް ދިޔަނަމަވެސް ގިނަ ބަޔަކު ދިޔައީ މި ޑޮލަރު ނަގަމުންނެވެ. 

އެމްއެމްއޭއިން މިއަދު ގެނައި ބަދަލާއެކު އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ދިވެހީންނަށް ދޭ 1000 ޑޮލަރު ދެން ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި މެލޭޝިޔާގެ އިތުރުން ސިންގަޕޫރު އަދި ޔޫއޭއީ އަށް ދަތުރުކުރާއިރު އެކަންޏެވެ. 

މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާއެވެ. 

މިދިޔަ އަހަރު އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1000 ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ. މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. 

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށްދޭ 2000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.