ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ރަށުމާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 9 ގޮޅި ކަމަށެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ރަށުމާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 9 ގޮޅި ކަމަށެވެ.
މާރުކޭޓު ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތަށް ކަނޑައެޅިގެންދާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ 15:30 އާ ހަމައަށް ފުރުސަތު ހުޅުވާލާފަ އެވެ.
ހުޅުމާލޭގައި ތަަރައްގީކޮށްފައިވާ މާރުކޭޓަކީ ގިނަ ބަޔަކު ވިޔަފާރިކުރާ ތަނެކެވެ. އަދި މިތަން ވެފައިވަނީ އެތައް ގިނަ ބަޔަކު ދާ ތަނެކެވެ.