ފަސް ގައުމަކުން އައި ޓޫރިސްޓުންގެ އަދަދު ލައްއަކަށްވުރެ މައްޗަށް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން އެއް ގައުމަކުން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 315,409 ޓޫރިސްޓުން އައިސްފައިވެ އެވެ.

ވީއައިއޭއަށް އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމް ޑެއިލީ އެރައިވަލް ވަނީ އިތުރުވެފަ -- އެމްއޭސީއެލް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ގައުމަކުން އަންނަ ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށްވުރެ އިތުރު ވެއްޖެ އެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން އެއް ގައުމަކުން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން 315,409 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ 19.3 ޕަސެންޓް ހިއްސާއެއްވެ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު

  •  ޗައިނާ- 315,409 ފަތުރުވެރިން (19.3%)
  •  ރަޝިޔާ -237,883 ފަތުރުވެރިން (14.5%)
  •  އިނގިރޭސިވިލާތް - 123,959 ފަތުރުވެރިން (7.6%)
  •  ޖަރުމަނުވިލާތް - 105,867 ފަތުރުވެރިން (6.5%)
  •  އިޓަލީވިލާތް - 100,619 ފަތުރުވެރިން (6.2%)

މީގެ އިތުރުން، ޓޫރިޒަމް ތަފާސްހިސާބުތަކުން އެނގޭ ގޮތުން އިންޑިއާއިން 94,422 ޓޫރިސްޓުން ޒިޔާރަތްކޮށް، އެ ގައުމު އޮތީ 6 ވަނައިގަ އެވެ. އަދި، އޮސްޓްރޭލިއާ އާއި އެމެރިކާ އަދި ފްރާންސް އަދި ސްޕެއިން އަކީ ގަދަ 10 ގައި ހިމެނޭ އެހެން ގައުމުތަކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.