ފޯބްސްގެ ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކް ލިސްޓުގައި ދިވެހި ގައުމީ ބޭންކް

މި ލިސްޓުގައި ދުނިޔޭގެ މަޝްހޫރު ގިނަ ބޭންކްތަކެއް ވަނީ ހިމެނިފަ އެވެ. މިގޮތުން ޖޭޕީމޯގަން ޗޭސް އާއި ޑީބީއެސް އަދި އޯސީބީސީ އަދި އެޗްޑީއެފްސީ ފަދަ ބޭންކްތައް ހިމެނެ އެވެ.

ބިލިއަނަރުންގެ ލިސްޓު ނެރޭ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރީގެ މަޖައްލާ ކަމަށްވާ "ފޯބްސް" އިން ހޮވި މި އަހަރު ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކްތަކުގެ ލިސްޓުގައި ދިވެހި ގައުމީ ބޭންކް ހިމެނިއްޖެ އެވެ.  

މާކެޓް ރިސާޗް ކުންފުނި ސްޓަޓިސްޓާ އާއި ގުޅިގެން ފޯބްސް އިން އަލަށް އެކުލަވާލި ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026 ލިސްޓުގައި 89 ގައުމަކުން 500 ބޭންކު ހިމަނާފައިވެ އެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބޭންކުތައް ކަމަށްވާ ޖޭޕީމޯގަން ޗޭސް އާއި ޑީބީއެސް އަދި އޯސީބީސީ އަދި އެޗްޑީއެފްސީ ފަދަ ބޭންކުތައް ހިމެނޭ މި ލިސްޓުން ބީއެމްއެލް އަށް ޖާގަ ލިބުމަކީ ބޭންކުގެ މާލީ ހާލަތާއި ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ. މި ލިސްޓު އެކުލަވާލާފައިވަނީ 6 ގިންތިއަކަށް ބަހާލައިގެންނެވެ. ބީއެމްއެލް ހިމެނިފައިވަނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުންނަ ބޭންކުތައް ހިމެނޭ "ޓިއާ 6" ގައެވެ. މީގެ ސަބަބުން ބީއެމްއެލް ވަޒަންކުރެވިފައިވަނީ ދުނިޔޭގެ ނިސްބަތުން އެ ބޭންކާ އެއް ފެންވަރެއްގެ އޮޕަރޭޝަންތައް ހިންގާ އެހެން ބޭންކުތަކާ އަޅާކިޔައިގެންނެވެ.

މި ލިސްޓު އެކުލަވާލުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ބޭންކުތަކުގެ ފައިދާ (ޕްރޮފިޓަބިލިޓީ) ކުރިއެރުން، ކެޕިޓަލް އަދި ފަންޑިން ރިޒީލިއަންސްގެ އިތުރުން އެސެޓް ކޮލިޓީ އަދި އެފިޝަންސީ ހިމެނެއެވެ. މި މައުލޫމާތުތައް އެއްކޮށްފައިވަނީ އެސްއެންޑްޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރުހުރި ޑޭޓާ ޕްރޮވައިޑަރުންނާއި، މިނިވަން ރިސާޗްތަކުގެ އިތުރުން ބޭންކުތަކުން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއްކެވެ.

" މިއީ ބޭންކުގެ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލް އަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިން އެއްވެސް،" ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ޚިދުމަތް ހޯދޭނެ އަދި ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން."

ރާއްޖޭގެ ގައުމީ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ފޯބްސްގެ މި ލިސްޓުން ޖާގަ ލިބުމަކީ، ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ބޭންކުން ފާހަގަކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.