ގދ. ކޮޑެގަލާގައި ހެދި ރިސޯޓް އަންނަ މަހު ހުޅުވަނީ

މި ރިސޯޓުގައި ހުންނަނީ އެންމެ 7 ވިލާއެވެ. މިއީ ހޮޓަލެއްގެ ކޮޓަރިތަކަށްވުރެ ބޮޑަށް އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭނެހެން، ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ 2 ކޮޓަރި އާއި 3 ކޮޓަރީގެ ވިލާތަކުގެ އިތުރުން 5 ކޮޓަރީގެ ރެޒިޑެންސެކެވެ.

އިޓަލީގެ ހޯލްޑިން ކަރިސްމާ އިން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓު ކަމަށްވާ "ނިލާ ކޯރަލް އައިލެންޑް މޯލްޑިވްސް" އަންނަ މަހު ހުޅުވަން ނިންމައިފިއެވެ. 

ގދ. ކޮޑެގަލާ ގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ އާންމު ރިސޯޓުތަކާ ޚިލާފަށް، އަމިއްލަވަންތަ އަދި ޕްރައިވެޓް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މި ރިސޯޓުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ސިފަތައް

މަދު ވިލާތަކެއް - މި ރިސޯޓުގައި ހުންނަނީ އެންމެ 7 ވިލާއެވެ. މިއީ ހޮޓަލެއްގެ ކޮޓަރިތަކަށްވުރެ ބޮޑަށް އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭނެހެން، ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ 2 ކޮޓަރި އާއި 3 ކޮޓަރީގެ ވިލާތަކުގެ އިތުރުން 5 ކޮޓަރީގެ ރެޒިޑެންސެކެވެ. މުޅި ރިސޯޓުގައި އެއްފަހަރާ ތިބެވޭނީ ގާތްގަނޑަކަށް 40 މެހެމާނުންނަށެވެ.

ތިމާވެއްޓާ ރައްޓެހި - އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުން ފެންނަ މޫދު ކޮޓަރިތަކާ ހިލާފަށް، ރަށުގެ ގޮނޑުދޮށާއި ގަސްގަހާގެހި އަދި ފަރުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި މި ރިސޯޓުގެ ހުރިހާ ވިލާތަކެއްވެސް ހަދާފައިވަނީ އެއްގަމުގައެވެ. މެހެމާނުންނަށް ގޮނޑުދޮށުން ސީދާ ފަރަށް އެރޭނެއެވެ.

ފަރުމާކުރުން - އިޓަލީގެ އާކިޓެކްޗާ ސްޓޫޑިއޯއެއް ކަމަށްވާ 'ހަސް' އިން ފަރުމާކޮށްފައިވާ މި ރިސޯޓުން އިޓަލީގެ ފަންނުވެރިކަމާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ގުޅުވައިދެއެވެ.

ކުޅިވަރާއި މުނިފޫހިފިލުވުން - ޑައިވިންގ، ކައިޓް ސަރފިންގ، ވޯޓަރ ސްކީ އަދި ވޭކްބޯޑިންގ ފަދަ ގިނަ މޫދު ކުޅިވަރުތަކާއި، ޕްރައިވެޓް ދަތުރުތައް މި ރިސޯޓުން ލިބެން ހުންނާނެއެވެ.

ކެއުމާއި ވެލްނަސް - ރާއްޖޭގެ އުފެއްދުންތައް ހިމަނައިގެން ތައްޔާރުކުރާ އިޓަލީ އަދި އޭޝިއާގެ ރަހަތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ޓްރެޑިޝަނަލް އަދި އާޔުރްވެދިކް ފަރުވާތައް ދޭ ބުޓީކް ސްޕާއެއް ހުންނާނެއެވެ.

މި ރިސޯޓުގެ އޯނަރުންގެ އާއިލާއަށް ނިސްބަތްވާ މިލާ ޒެގްނާ ކަގްނޯލީ ވިދާޅުވީ އެމީހުންގެ އަމާޒަކީ ހޮޓަލެއްގެ ބަދަލުގައި މެހެމާނުންނަށް އަމިއްލަ ގެއެއް ފަދަ ހޫނުކަމާއި އަމިއްލަވަންތަކަން އިހުސާސްކޮށްދިނުން ކަމަށެވެ. އާއިލާތަކަށާއި، ކައިވެނީގެ ހަފްލާތަކަށް ނުވަތަ ޚާއްސަ މުނާސަބަތުތަކަށް ޕްރައިވެޓްކޮށް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް މުޅި ރަށް އެކީގައިވެސް ބުކް ކުރެވޭނެ ކަމަށް ރިސޯޓުން މަޢުލޫމާތުދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.