ފައިސާ ދެއްކިތާ ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ އެންމެންނަށް އަންނަ އަހަރު ހައްޖަށް ދެވޭނެ

މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރުގެ ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެ އެވެ.

މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކާ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވަނީ

ފައިސާ ދައްކައި، ހައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ އެންމެންނަށް އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ނިންމުން ނިންމާފައި ވަނީ ރާއްޖެއަށް ލިބޭ ހާއްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމުގެ ސަބަބުން ކަމަށެވެ. އަދި ކިއުގައި ޖެހިގެން ގިނަ އަހަރުތަކެއްވާންދެން އިންތިޒާރުގައި ތިއްބައި އެފަރާތްތަކަށް އެ ފުރުސަތު ނުލިބިދާނެތީ ކަމަށެވެ.

އޭނާ ވިދާޅުވީ މި އުސޫލު ތަންފީޒުކުރާނީ، މައުލޫއީ ގޮތެއްގައި އުމުރުށާއި ކިއުއިން ޖާގަ ލިބުނު ތާރީހާށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ތަންފީޒު ކުރަމުންދާނެ އުސޫލެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.

މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ ތިން އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، ޑިސެންބަރު 31، 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ މީހެއް ކަމަށް ބަލާނީ، ޑިސެންބަރު 31، 2026 ގެ ނިޔަލަށް 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.

މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރުގެ ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެ އެވެ.

މިކަން ތަންފީޒުކުރުމާއެކު، އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، އެފަރާތްތަކަށް ވެސް އިސްކަން ދެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.