ބަކަރާގެ ޕްރައިވެޓް އައިލެންޑްތައް 72 މިލިއަން ޑޮލަރަށް ވިއްކަނީ

ބަރަކާ ކުންފުނިން ވަނީ ހަތަރު ވިލާ ހިމެނޭގޮތަށް މުޅި ރަށް އެކުއެކީގައި ވިއްކާލަން ހަމަޖެހިފައިވަނީ 72 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ ވިލާ އަކަށް 18 މިލިއަން ޑޮލަރެވެ.

ބަކަރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް ރަށްތައް

މާލެ އަތޮޅުގައި ޔޫއޭއީގެ ބަރަކާ ހޮޓެލްސް އިން ތަރައްގީ ކުރާ ބަކަރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސްއިން މުޅިން ތަފާތު ކޮންސެޕްޓަކަށް ޕްރައިވެޓް އައިލެންޑެއް 75 މިލިއަން ޑޮލަރު (1.1 ބިލިއަން ޑޮލަރަށް) ވިއްކާލަން ހުޅުވާލައިފިއެވެ. މި ރަށުގެ އެންމެ ހާއްސަ ކަމަކީ، މިތަން ގަނެވޭނީ ހަމައެކަނި ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކަމަށް ވުމެވެ.

ބަރަކާ ކުންފުނިން ވަނީ ހަތަރު ވިލާ ހިމެނޭގޮތަށް މުޅި ރަށް އެކުއެކީގައި ވިއްކާލަން ހަމަޖެހިފައިވަނީ 72 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ ވިލާ އަކަށް 18 މިލިއަން ޑޮލަރެވެ. މިރާއަށް އެނގިފައިވާ ގޮތުގައި މި ރަށްތައް ތަރައްގީ ކުރުމުގެ މައި ކޮންޓްރެކްޓަރަކީ ރާއްޖޭގެ ދަމާސް ކުންފުންޏެވެ. 

ބަކަރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނުގައި އޮންނަ މި ވަކި ރަށުގައި، ފުރިހަމައަށް ފަރުމާކޮށް ހިފާގެންގުޅޭ ތަކެތި ހަމަކޮށްފައިވާ 4 ވިލާ ހުރެ އެވެ. މިއިން ކޮންމެ ވިލާއެއްގައި 4 ކޮޓަރިއާއި، 65 ފޫޓުގެ ޕްރައިވެޓް ސްވިމިންގ ޕޫލަކާއި ޖިމެއްގެ އިތުރުން ޔޯގާ ޕެވިލިއަން ހިމެނެއެވެ. އަދި މި ރަށަށް ޚާއްޞަ ބީޗަކާއި ފަރެއް އޮންނައިރު، ރައްކާތެރިކަން ބެލެހެއްޓުމަށް ހާއްސަ ސެކިއުރިޓީ ޓީމަކާއި މުވައްޒަފުން 24 ގަޑިއިރު ހަރަކާތްތެރިވާނެ އެވެ. 

މި ޕްރޮޕަޓީ ވިއްކުމުގެ ކަންކަން ކުރިއަށްގެންދަނީ ކްރިޕްޓޯކަރަންސީ ގެންގުޅޭ ފަރާތްތަކަށް ހާއްސަ ޕްރައިވެޓް ކްލަބެއް ކަމަށްވާ "ކޯން" މެދުވެރިކޮށެވެ. މިތަން ގަންނަ ފަރާތްތަކަށް ޑޮލަރުގެ އަގާ އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ ކްރިޕްޓޯއެއް ކަމަށްވާ 'ސްޓޭބަލްކޮއިން' ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މުޅި ރަށް ގަންނަން ބޭނުންނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ކޯން" މެދުވެރިކޮށް އެހެން ރެޒިޑެންސްތަކެއް ގަތުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި 7.3 މިލިއަން ޑޮލަރުގެ 3 ކޮޓަރީގެ ގެތަކާއި، 11.6 މިލިއަން ޑޮލަރުގެ 4 ކޮޓަރީގެ ގެތައް ހިމެނެ އެވެ. މިއަށްވެސް ފައިސާ ދެއްކޭނީ ސްޓޭބަލްކޮއިން އިންނެވެ.  

އެޗްކޭއެސް އިން އާކިޓެކްޗަރަލް ޑިޒައިން ހަދައި 1508 ލަންޑަން އިން އިންޓީރިއާ ފަރުމާކޮށްފައިވާ ބަކަރާ މޯލްޑިވްސްގައި ހޮޓަލަކާއި ޕްރައިވެޓް ރެޒިޑެންސްތަކުގެ އިތުރުން ގޮލްފް ކޯހަކާއި މެރީނާއެއް އަދި ވެލްނެސް ފެސިލިޓީތަކާއި ރެސްޓޯރެންޓުތައް ހިމެނޭނެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.