ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ ހ. މާދޫގޭގަ އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ ހ. މާދޫގޭގަ އެވެ.
ސީނުން ލައިވްކޮށް ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައިވާ ކަމަށެވެ. އެއީ ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރަމުންދާ ގެއެއްކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ދެ ބިދޭސީއަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުންދާ އެހެން މީހުން ވެސް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ވަނީ ނޫސްވެރިންނަށް އަތުލައިގަތް ތަކެތި ވެސް ދައްކާލާފަ އެވެ. އޮފީހެއް ގޮތަށް ހަދާފައި ހުރި އެތަނުގެ ތެރޭގައި އެކި ބްރޭންޑްތަކުގެ ބަނގުރާ ކޭސްތައް އަތުރާފައި ހުއްޓެވެ.