ވިލިނގިލި އިންޓަނޭޝަލް އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ، އަގު 1.3 ބިލިއަން ޑޮލަރު

މި މަޝްރޫއުގެ ދަށުން ވިލިނގިލި ފަޅުގައި 21 ޕްރައވެޓް އައިލެންޑާއި 10 ރިސޯޓް ހިމެނޭހެން 6،000 އެނދު ތަރައްގީ ކުރާނެ އެވެ. މީގެ 500 ކޮޓަރީގެ ސިޓީ ހޮޓަލެއްވެސް ހުންނާނެ އެވެ، މިތަނުގައި ކޮންވެންޝަން ފެސިލިޓީއެއްވެސް ހުންނާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަމީން މިރޭ ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ގދ. ވިލިނގިލި އޮންނަ "އެކެފަރުގައި" ޕްރައިވެޓް އައިލެންޑާއި ރިސޯޓް ހިމެނޭނެން އަޅާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ޓޫރިޒަމް / ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ "އަހާފޯރަމް" ގައި ވާހަކަ ދައްކަވަމުން ވިލިނގިލީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމުގެ ފަހުމުނާމާގައި މި އަހަރުގެ ފެބްރުއަރީ މަހު ސޮއިކުރެވުނު ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" މަސައްކަތް އަލުން ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.

ގއ. ވިލިނގިލީގެ ބިން ހިއްކުމާއި އެ ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިކަން އެމަނިކުފާނު އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ރިޔާސީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގައި މިފަހުން ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއަށްވާނެ އެވެ. މި މަޝްރޫއުގެ ދަށުން 3،000މީޓަރުގެ ރަންވޭއަކާއެކު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ އެވެ. މި މަޝްރޫއުގެ ދަށުން ވިލިނގިލި ފަޅުގައި 21 ޕްރައވެޓް އައިލެންޑާއި 10 ރިސޯޓް ހިމެނޭހެން 6،000 އެނދު ތަރައްގީ ކުރާނެ އެވެ. މީގެ 500 ކޮޓަރީގެ ސިޓީ ހޮޓަލެއްވެސް ހުންނާނެ އެވެ، މިތަނުގައި ކޮންވެންޝަން ފެސިލިޓީއެއްވެސް ހުންނާނެ އެވެ. ކުރިން މި މަޝްރޫއު އޮތީ 800 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ގޮތުގައި ނަމަވެސް އިތުރު ބައިތައް އިތުރުކޮށް މިހާރު 1.3 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އެނގިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.