ކާނާގެ ޔަގީންކަން ކަށަވަރު ކުރަން 10 ރަށެއްގައި ދަނޑުތަކެއް

އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ.

ރާއްޖޭގައި އުފައްދާ ކާނާގެ ބާވަތްތައް އިތުރުކޮށް ބޭރުން އެތެރެކުރާ މިންވަރު މަދުކުރަން 10 ރަށެއްގައި އެގްރޯފޮރެސްޓްރީގެ ނަމޫނާ ދަނޑުތަކެއް ގާއިމުކުރުމަށް ސަރުކާރުން އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފްއެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރުންނެވެ.

އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ. މިއީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މަޝްރޫއު ހިންގާ 10 ރަށް

  • ހއ. ބާރަށް
  • ރ. އިނގުރައިދޫ
  • ކ. ކާށިދޫ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • މ. ވޭވަށް
  • ލ. އިސްދޫ
  • ގއ. ގެމަނަފުށި
  • ގދ. ހޯޑެއްދޫ
  • ގދ. ފިޔޯރީ

މި ޕްރޮގްރާމުގެ ދަށުން ކޮންމެ ރަށެއްގައި 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ބޮޑުމިނުގެ ނަމޫނާ ދަނޑުތަކެއް ޤާއިމުކުރެވޭނެއެވެ. މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ދިގު މުއްދަތަކަށް ހެއްދޭ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.